ADVERTISEMENT

G1N2hPza0AAuBjO

ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ވ. ފުލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ފުލިދޫގައި މި މަޝްރޫއު ފަށާފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅު ހިމެނޭހެން ހަތަރު އަތޮޅަކަށް ކުރައްވަންމުން ގެންދަވާ ދަތުރުފުގެ ތެރެއިންނެވެ.

ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއުގެ ދަށުން 79،933 ކިއުބް މީޓަރުގެ ސަރަހަށްދެއް ފުންކުރުމާއި، 300 މީޓަރުގެ ސަރަހަށްދެއްގައި އެއްގަމުތޮށި ލުމާއި، 493 މީޓަރުގެ ސަރަހަށްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެއިތުރުން 174 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމާއި 25 މީޓަރުގެ ގްރޮއިން ޖެހުމާއި77 މީޓަރުގެ ބޭރުތޮށި ލުމާއި، 1،450 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި 6 މީޓަރު ދިގު، 40 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މިއީ 463.46 މިލިއަން ރުފިޔާއަށް، 465 ދުވަސްތެރޭ ނިންމަން ހަވާލުކުރި މަޝްރޫއުއެކެވެ

ކޮމެންޓް ސެކްޝަން

ADVERTISEMENT