ADVERTISEMENT

-

ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 20 އިންސައްތަ އިތުރު

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 20 އިންސައްތަ އިތުރުވެފައިވާކަމަށް ޓޫރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެެއަށް 1،529،806 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެއަށް 42،880 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 20.2 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ އަަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 35،668 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ މާކެޓުންނެވެ. އެމާކެޓުން މިއަހަރުގެ މިހާތަނަށް 242،130 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 15.8 އިންސައްތައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތައް:

  • ޗައިނާ-242،130 ފަތުރުވެރިން
  • ރަޝިއާ-183،669 ފަތުރުވެރިން
  • އިނގިރޭސިވިލާތް- 137،267 ފަތުުރުވެރިން
  • އިޓަލީ- 108،351 ފަތުރުވެރިން
  • ޖަރުމަނުވިލާތް- 105،586 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން ވަނީ1،271 ތަނަކަށް ހުއްދަދީފައެވެ. އެއީ، 183 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 911 ގެސްޓްހައުސް އަދި 161 ސަފާރީއެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 66،617 އަށް އަރައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT