ADVERTISEMENT

large_175907543513k6xw

ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލޯނާއި ގުޅޭގޮތުން އެފަރާތްތަކުގެ ހިޔާލު ހޯދައިފި

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަށްގެން ދޫކުރާ ލުއިލޯނާއި ގުޅިގެން އެފަރާތްތަކުގެ ހިޔާލު ހޯދައިފިއެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ހުޅުވައިލައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މިމަހުގެ 14 ވަނަ ދުވަހު ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ދޫކުރާ ލުއިލޯނު ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ލޯނު ސްކީމްގެ މަގްސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. މިލޯން ސްކީމް ފަރުމާކުރުމަށް ނިންމަވާފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ހާއްސަކޮ ންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ރައީސްނިންމެވުމާއި ގުޅިގެން، އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯދައި އެހިޔާލުތަކާއި ވީހާވެސް އެއްގޮތްވާގޮތުގެ މަތީން މިޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަސައްކަތްތައް ދަނީ ކުރަމުންކަމަށެވެ.

އެގޮތުން މިއަދު އެފަދަ ބައެއް ދާއިރާތައް ހިމެނޭ (މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިން) ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT