އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށްް ބާރުއެޅުމަށާއި، އެއޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް 21 ސެޕްޓެމްބަރު އިން 31 ސެޕްޓެމްބަރަށް މާލޭ ސަރަހަށްދުގައި ހާއްސަ އިންސްޕެކްޝަނެއް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
މިއީ އެ އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިޔަށްގެންދާ އިންސްޕެކްޝަނެކެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަކީ ކާބޯތަކެތީގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމްކޮށްފައިވާ ތަންތަނެވެ. އެހެންކަމުން، ރަޖިސްޓްރީ ނުކޮށް ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް އަދި އެފަދަ ތަންތަނުގެ މައުލޫމާތު މި އިންސްޕެކްޝަންގެ ތެރެއިން އާންމުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފައެވެ.
ލައިސެންސް ނުނަގައި ކާބޯތަކެތި ވިއްކައި، އެފަދަ ކަމަކަށް އިހުމާލުވެއްޖެނަމަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ.