ADVERTISEMENT

-

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ގދ. ތިނަދޫގައި ދޫކުރަން ހަމަޖެހިފައިވާ 200 ރޯހައުސް އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

 

ތިނަދޫގެ ރައްޔިތުންގެ ތެރެއިން ރޯހައުސް އަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނެއްގައި އޮތެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެ އިއުލާނުގައި ބުނެފައިވާގޮތުން، ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

2022 ވަނަ އަހަރު މި ފެށި މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވަނީ 700 އަކަފޫޓުގެ ޖާގައިގެ ތިން ކޮޓަރީގެ ރޯ ހައުސްތަކެކެވެ. އާބާދީގައި 12000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތިނަދޫގެ ރޯހައުްސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރުގެ ކުރީކޮޅު ވެސް އެ ސިޓީގެ ކައުންސިލުން ހުޅުވާލި އެވެ.  އެހެންނަމަވެސް އެ އިއުލާނު ބާތިލުކޮށް ރޯ ހައުސް ދޫކުރުމުގެ މަަސައްކަތާއި މިނިސްޓްރީން ހަވާލުވީ އެވެ.  އެ އިއުލާނު ބާތިލުކުރީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT