ADVERTISEMENT

island-vegetation-shoreline-landscape

އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސަކަށް ޑރ. އައިޝަތު ރަމީލާ އައްޔަނުކުރުމަށް މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ ކުރީގެ ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ، އެޗްއާރްސީއެމްގެ ރައީސަކަށް އައްޔަނު ކުރުމަށް ރުހުން ދީފައެވެ. ރަމީލާ އެ ކޮމިޝަނަށް އައްޔަނުކުރަން ރުހުން ދީފައިވަނީ 38 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަަމަށް ރަމީލާ އައްޔަނުކުރަނީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ.

އެޗްއާރްސީގައި ތިބެނީ ޖުމްލަ 5 މެންބަރުންނެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވީ ރައީސް މަރިޔަމް މުނާ، ނައިބު ރައީސް މުހައްމަދު ޝަފީގު މަހުމޫދު، މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއީލް ހަބީބް އަދި އަހުމަދު މައުސޫމެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT