ADVERTISEMENT

MAJLIS

ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް އިސްލާހު ހުށަހަޅައިފި

ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް އިސްލާހެއް މިއަދު ހުށައަޅައިފިއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް ވަނީ އިސްލާހެއް ހުށައަޅާފައެވެ. އަދި މަޖިލީހުގެ 20 ވަނަ ދައުރު ކުރު ކުރުމަށް މި އިސްލާހުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށައަޅުއްވާފައި ވަނީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެވެ.

މި ބިލުގައި ބުނެފައިވާ ގޮތުގައި މި ފަދައިން ރިޔާސީ އިންތިހާބު އެއްކޮށްލައި، މަޖިލީހުގެ ދައުރު  ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން މަކީ ވަރަށް މުހިންމު ކަމެކެވެ.

މަޖިލީހައް ހުށައެޅުމަށް ހަމަޖެހިފައިވާ ބިލްތައް:

  • ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު (ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު)
  • ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު (ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު)
  • ގާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބިލު (ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު)

މާދަމައިގެ ޖަލްސާގައި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ރީ-އެމްޕްލޯއިމަންޓް ބިލުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި، އެ ބިލަށް ބަހުސްކުރުމާއި ވޯޓަށް އެހުން ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

މަޖިލީހުގެ މިއަހަރުގެ ރަސްމީ ޖަލްސާތައް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، މުހިންމު މަސައްކަތްތަކެއް ނިންމުމަށްޓަކައި މިހާރު ވަނީ ދައުރުން ބޭރުން ޖަލްސާތައް ބާއްވަން ފަށާފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT