ADVERTISEMENT

island-vegetation-shoreline-landscape

ވިޔަފާރިތަކަށް ސީދާ ފައިދާ ކުރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ: ސައީދު

ވިޔަފާރިތަކަށް ސީދާ ފައިދާ ކުރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެކަމުގެ ޔަގީންކަން ދެއްވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓާ މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހުން އަލަށް ކުރިއަށް ގެންދަން ފެށި ‘ތަރުޖަމާނު ޕޮޑްކާސްޓް’ ޕުރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވަނީ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުން ރާއްޖޭގައި ހުރި އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާއި މައްސަލަތަކަށް ކާމިޔާބުކަމާއެކު ހައްލު ހޯދާ ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ދެ އަހަރަކީ ރާއްޖޭގެ ކުދި ވިޔަފާރިތަައް ހިންގާ މީހުންގެ ހިތައް ތަސައްލީއެއް ލިބިގެންދާނެ އަހަރުތަކެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް މި ދެއަހަރުގައި އަޅާނެ އެވެ.

މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރަކަށް ވާއިރު، ސަރުކާރުގެ މަޝްރުއުތައް އިތުރަށް ފުޅާކޮށް، ވިޔަފާރިތަކަށް ސީދާ ފައިދާ ކުރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT