ADVERTISEMENT

Screenshot_10

ވެމްކޯއިން ވިޔަފާރިތަކުން ކުނި އުކާލަން ނަގާ ފީ ކުޑަކުރަނީ

ވެމްކޯއިން ވިޔަފާރިތަކުން ކުނި އުކާލުމަށް ނަގާ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ މިހާރަށް ވުރެ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، ވެމްކޯއިން ކުނި އުކާލުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުން އަންނަ ފީ އަށް 1 ފެބްރުއަރީ 2026 އިން ފެށިގެން ލުއި ދޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އަދި މި ވަގުތު އެސްއެމްއީ ތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑްތަކެއް ތައާރަފްކުރުމަށް މި އެކުންފުނިން މަޝްވަރާ ކުރަމުން ދާ ކަމަށް ވަނީ ބުނެފައެވެ.

ވެމްކޯއިން އެސްއެމްއީ ތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން، އެ ކުންފުނިން ކަނޑައަޅާ ބޭންޑްތައް ވަރަށް އަވަހައް އާންމުންނާ ހިއްސާ ކުރާނެ ކަމަށާއި މި ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް އެކުންފުނިން ވަނި ބުނެފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT