ADVERTISEMENT

Screenshot_10

ބޯހިޔާވަހިކަމުގެ އައު އުސޫލު ހެދީ ރައްޔިތުން ބޭނުންވާ ގޮތަށް!

ބޯހިޔާވަހިކަމުގެ އައު އުސޫލުތައް ހަދާފައި ވާނީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށް ހައުސިން މިނިސްޓަރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓަރީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބިމާއި ޕްލެޓްއަށް ހުށައެޅުމުގެ ގަވާއިދުތަކަށް އިސްލާހު ގެނެސްފައި ވާނީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުން ހުށަހެޅި ހިޔާލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެގޮތުން އުސޫލުތަކަށް ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި:

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، އެމީހެއްގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ، އަލުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބުން
  • ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބި، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާ ނަމަ އަލުން ޕްލެޓަށް ކުރިމަތިލެވުން
  • އަނބިމީހާ ނުވަތަ ފިރިމީހާއަށް ގްރޭޓާ މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަޖައްދަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮތްނަމަވެސް ކުރިމަތި ލުމުގެ ފުރުސަތު ލިބުން

ސަރުކާރުން މީގެކުރިން ހާމަކުރި ގޮތުގައި ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ އެވެ. އަދި ފުރަތަމަ ބުރުގެ ދަށުން  15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ސްކީމުގެ ދަށުން ހަމަޖައްސާފައިވާ ދެ ކެޓަގެރީއަށް ވެސް ދޫކުރުމަށް ނިންމާފައި ވަނީ 1،250 އަކަފޫޓުގެ ގޯއްޗެވެ. އަދި މި އައު އުސޫތަކާ އެއްގޮތަށް، ބިމާއި ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު 15 ޖެނުއަރީ 2026 އިން 14 އޭޕްރިލް 2026 ގެ ނިޔަލަށް ހުޅުވާލެވިފައި ވާނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT