ADVERTISEMENT

island-vegetation-shoreline-landscape

ކުރިޔަށް އޮތް 2 އަހަރު ތެރޭ ވިޔަފާރިތައް ކުރިއެރުވުމަށް ފިޔަވަޅުތަކެއް ތަންފީޒު ކުރަނީ

ކުރިޔަށް އޮތް 2 އަހަރު ތެރޭ ވިޔަފާރިތައް ކުރިއެރުވުމަށް ފިޔަވަޅުތަކެއް ތަންފީޒު ކުރަނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު ގައި ރައީސް ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ވަނީ ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.

އޭގެ ތެރެއިން ބައެއް ކަންކަން ޖެނުއަރީ 1، 2026 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ހުރިހާ ކަންކަމެއްގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އާންމުނަށް ފޯރުކޮށް ދެމުން ދާނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT