ADVERTISEMENT

island-vegetation-shoreline-landscape

ހުޅުމާލެ ފޭސް 3ގެ 47 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލޭ ފޭސް 3ގެ 47 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު، 47 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ. މިއީ މުޅި މަސައްކަތުގެ 74.6 އިންސައްތަ އެވެ.

މީގެ އިތުރަށް އެމްއޭސީއެލް އިން ވަނީ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދެ ޑްރެޖާސް އެ ސަރަހައްދުގައި ބޭނުން ކުރަމުން ދާކަމަށް ބުނެފަ އެވެ. މިއީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީ ހުރި ދެ ޑްރެޖާސް އެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ގެނެސް ބިން ހިއްކަން ފަށާފައި ވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެހެންނަމަވެސް، މި މަސައްކަތް ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ހުއްޓިފައި އޮތުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ10 ވަނަ ދުވަހުން ވަނީ އަލުން ފަށާފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT