ADVERTISEMENT

island-vegetation-shoreline-landscape

ހައި-ސްކައި އެއާލައިންސްއަށް އާޓާމިނަލުން ހިދުމަތް ދޭން ފަށައިފި

ރޯމަނުގެ އެއާލައިންއެއްކަމަށްވާ ހައި-ސްކައި އެއާލައިންސްއަށް ވިލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހިދުމަތްދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ހައި-ސްކައި އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވޯޓާ ސެލިއުޓްއާއެކު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ގްރޫޕްގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރު؛ ވޮޔޭޖާސް މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖަރު އިގްނާޒް މަންސޫރާއި ހައި ސްކައި އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެފައިވެ އެވެ.

ހައި-ސްކައި އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 28 އަށް އިތުރުވެފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT