ADVERTISEMENT

island-vegetation-shoreline-landscape

ޕީއެންސީގެ ޕްރައިމަރީ ވޯޓްލުން ނިންމާލައިފި

ފީއެންސީގެ ޕްރައިމަރީ ވޯޓްލުން ނިންމާލައިފިއެވެ.

ޕީއެންސީ ޕްރައިމަރީ މިއަދު ހެނދުނު 9:00 ޖެހިއިރު ފަށާފައިވާއިރު، 16:00އަށް ވޯޓްލާ ނިންމާލާފައިވެއެވެ. މިވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މާލޭ ސަރަހައްދުން އިސްކަންދަރު ސްކޫލުގަ އެވެ. މި އިންތިހާބުގައި 297 ކެންޑިޑޭޓުން ވާދަކޮށްފައިވާކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ. އެއީ، ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ހާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނެވެ.

މީގެއިތުރުން، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް 98 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ރަށަކުން 681 މީހުންނެވެ. އެގޮތުން، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުން އިންތިހާބް ކުރެވިގެންދާނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT