ADVERTISEMENT

island-vegetation-shoreline-landscape

ސްކޭމްކޮށްގެން އެއް ހަފްތާތެރޭ ފަސް ލައްކަ ރުފިޔާ ފޭރިގެންފި!

ސްކޭމްގެ ކޮށްގެން އެއް ހަފްތާތެރޭ ފަސް ލައްކަ ރުފިޔާ ފޭރިގެންފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޑިސެމްބަރު ހަތަކުން، 13 ގެ ނިޔަލަށް ސްކޭމްގެ 45 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. މި މައްސަލަތަކުގައި ޖުމްލަ 591،751.47 ރުފިޔާ ގެއްލިފައި ވެއެވެ. މީގެތެރެއިން އަނބުރާ ހޯދިފައިވަނީ 130،287.80 ރުފިޔާ އެވެ.

މި މުއްދަތުގެ ތެރޭގައި ރިޕޯޓް ކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް އާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސް އާ ގުޅުންހުރި 17 މައްސަލައެއް ހިމެނެ އެވެ. އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 7 މައްސަލައަކާއި، އަދި ފިޝިންގ ލިންކް ބޭނުންކޮށްގެން 4 މައްސަލައެއް ވެސް ރިޕޯޓްކޮށްފައި ވާއިރު، ކަރަންސީ އެކްސްޗޭންޖުގެ 5 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އެހެނިހެން ބާވަތުގެ ސްކޭމްގެ 12 މައްސަލައެއް ވެސް ހިމެނެ އެވެ.

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގައި، ފޯންކޯލްސް، އައިބޭމ އޮންލައިންކޮށް މެސެޖްކުރާ އެޕްތައް އަދި ފޭސްބުކް މާކެޓްޕްލޭސްއާއި ފިޝިން ލިންކްތައް ހިމެނެ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT