ADVERTISEMENT

island-vegetation-shoreline-landscape

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް

ރ.ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރުމަށް ހާއްސަ ފެސިލިޓީއެއް ހަދަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރ. ދުވާފަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ވަނީ ތްރީ ވޭ އެންޓަޕްރައިޒެސް އާއެކު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އިބްރާހީމެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިން ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން، މަސްދޯނިތަކާއި އުޅަނދުތައް ކައިރިކުރުމަށް އެކަށިގެންވާ ޒަމާނީ ބަނދަރެއް ތަރައްގީކުރެވޭނެއެވެ.

މިއީ މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. އެ ސިނާއަތަކީ އަލުން ދިވެހިންގެ ލޭނާރަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT