ADVERTISEMENT

island-vegetation-shoreline-landscape

ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމަށް އެމްއޭސީއެލްއަށް

ސަރުކާރުން ރ. ދުވާފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ.

އެމްއޭސީއެލް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ  ރައީސުލުޖުމްހޫރިއްޔާ ދުވާފަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނީ އެ ސަރަހައްދުގެ އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި ކުޅިވަރުތައް އިތުރަށް ތަރައްގީކުރުމަށް އެޅިގެންދާ ސަރަހައްދީ ކުޅިވަރު ހަބަކަށެވެ. އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރަައްގީކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްއަކީ ހޭންޑްބޯޅައާއި ނެޓްބޯޅަ އާއި ވޮލީ ބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ.

ސަރުކާރުން 6 ރީޖަނެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމަށް ނިންމާފައިވާއިރު މިއީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމާއި، ފެންވަރު ރަނގަޅު ކުޅުންތެރިން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT