ADVERTISEMENT

Screenshot_10

ދުވާފަރުގައި ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުސަތަށް އެދި ހުށަހަޅާ ޕޯޓަލް އިފްތިތާހުކޮށްފި

ރ ދުވާފަރުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު އިފްތިތާހްކުރުމުގެ ގޮތުން ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުސަތަށް އެދި ހުށަހަޅާ “ހަކަތަ” ޕޯޓަލް އިފްތިތާހުކޮށްފި އެވެ.

މި ޕޯޓަލް އިފުތިތާހްކުރުމަށް މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެެވެ. ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އާދަމް ޝަރީފު އުމަރު އެވެ.

މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ދުވާފަރުގެ ގޭބިސީތަކަށް އިއާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެއެވެ. އަދި ޑީސަލް އަންދާ މިންވަރު ދަށްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT