ADVERTISEMENT

574867494_1226173456214556_1773143352183580335_n

ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ފުވައްމުލަކު ސިޓީގައި ސިޓީ ހޮޓަލަކާއި އެކު، އީކޯ ޓޫރިޒަމް މަޝްރޫއުއެއް ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބާއްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޓޫރިޒަމް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.

އެ ދެ މަޝްރޫގެ އިތުރުން، އެ ސިޓީގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މީގެއިތުރުން އެ ރަށުގެ އިސްލާމީ މަރުކަޒަކާއި ޔޫތު ތާޑް ސްޕޭސްއަކާއި ބަނދަރެއްގެ އިތުރުން  75 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT