ADVERTISEMENT

Capture-24-700x700

މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށައިފި

ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ.

ރައީސް މާވަށަށް ކުރެއްވި ދަތުރުފުގައި، ވަނީ އެރަށު މަގު ހެދުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން މާވަށުގެ މައި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުންވެސް ހިމެނެއެވެ.

މީގެއިތުރުން މާވަށުގަ އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި އެރަށުގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އަޅާފައި ވެއެވެ.

މާވަށުގައި އިމާރާތްކުރާ ބީއެމްއެލް ބްރާންޗް އިމާރާތުގެ ބިންގާވެސް އަޅާފައިވަނީ ރައީސްގެ މި ދަތުރުޅުގެ ތެރެއިންނެވެ.

ރައީސް މާވަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެރަށު ބިން ހިއްކާ ސަރަހަށްދުވެސް ބައްލަވާލައްވާފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT