ADVERTISEMENT

1616824564-1198583756-400x400

މިދިޔަ މަހުވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް

މިދިޔަ ސެޕްޓެމްބަރު މަހުވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު، މާލެ ފްރަންޓްލައިން ޕޮލިސިންއަށް ޖުމްލަ 109 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ވައްކަމުގެ 71 މައްސަލައަކާއި، ފޭރުމުގެ 12 މައްސަލައެއް އަދިމާރާމާރީގެ 16 މައްސަލައަކާއި އެކްސިޑޓެންޓްގެ 10 މައްސަލައެކެެވެ.

މިިދިޔަ މަހު 27،464 ލޮކޭޝަން ޗެކް ކުރިއިރު 86 ވެހިކަލް ޗެކްޕޮއިންޓުގައި މަސައްކަތް ކޮށްފައިވެއެވެ. މަގުމަތިން 5264 މީހަކު ހުއްޓުވައި ސުވާލުކުރި އިރު، އޭގެތެރެއިން 4776 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

މާލެ ފްރަންޓްލައިން ޕޮލިސިން އިން މިދިޔަ މަހު ގިނަ އަދަދެއްގެ މުދާ ރިކަވާކޮށްފައިވާއިރު، އެންމެ ގިނައިން ރިކަވާކޮށްފައިވަނީ ސައިކަލެވެ. އެގޮތުން 109 ސައިކަލު ރިކަވާކޮށްފައިވާއިރު، މިތަކެތީގެ އަގު 6.8 މިލިއަނަށް އަރަ އެވެ.

ރިކަވާކުރި އިތުރު މުދާ:

  • 13 މޯބައިލް ފޯން:154،562 ރުފިޔާ
  • 8 އިލެކްޓްރޯނިކްސް:32،300 ރުފިޔާ
  • ފައިސާ: 588،822
  • 39 އެހެނިހެން ތަކެތި: 43،115 ރުފިޔާ

ފުލުހުން ބުނީ، މިދިޔަ މަހުގެ ތެރޭގައި 703 ކޮމިއުނިޓީ އިންޓަރެކްޝަން ބޭއްވިއިރު 187 މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ކުށަކަށް ނުވާ 137 ކަންބޮޑުވުމެއް އެ ހިދުމަތާ ހިއްސާކުރިއިރު 81 ކަމެއް ކުށާއި ގުޅުންހުރި ކަމެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT