ADVERTISEMENT

427266_3_16984196abb052516fe5f867ac0f2290226a37a6_large-700x700

ކޮޅުވެއްޓި ބަންޑުންޖަލާހުން: އެކަކުގެ ހަށިގަނޑު ފެނިއްޖެ، ދެމީހަކު އަދިވެސް ނުފެނޭ

ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ބަންޑުން ޖަހާލާފައިވަނީ، މާލޭން ފުރައިގެން ކ އެރިޔަދޫއަށް ދަތުރުކުރަމުންދިޔަ “އަލްމާކް ފިޔަ” ނަކަމަށް ކިޔާ ކޮޅުވެއްޓިއެކެވެ. އެ ކޮޅުވެއްޓިން ހަތް މީހަކު ދަތުރުކުރި އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ ރޭ ދަންވަރު އެވެ.

ކޮޅުވެއްޓިން ދަތުރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކޮށްފައިވާއިރު، ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކަނޑުއަޑިން މިއަދު ހެނދުނު ފެނިފަ އެވެ. ފުލުހުން ބުނީ، އޭނަ ފެނުނުއިރު އޮތީ މަރުވެފައިކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ، ގއ ދާންދޫ، ސަރުސޫންގެ، އަހުމަދު ޝިފާން (38އ) އެވެ.

މި ހާދިސާގައި ގެއްލުނު އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި، އެމްއެންޑީއެފުން އަދިވެސް ދަނީ ކުރަމުންނެވެ. ހޯދަމުންދަނީ އިންޑިއާ މީހަކާއި، ސްރީލަންކާ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT