ADVERTISEMENT

MG_59021-700x700

ބާކީ ތިބި ފްލެޓު ލިބުނު މީހުންގެ ގުރުއަތު މިއަދު

ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބި، މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މިއަދު ކުރިޔަށްގެންދަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް 16 ނޮވެންބަރު 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ބައިވެރިނުވާ މީހުންގެ މެދުގައި މިއަދު ގުރުއަތު ނެގުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން 73 އިން ފެށިގެން މަތިން މާރކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށްވުރެ މަތިން މާރކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭ ކަމުގައި މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން ހައުސިން މިނިސްޓްރީގަ އެވެ. ގުރުއަތު ނެގުމުން އެފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT