މި ހިނގާ 2025 ވަނަ އަަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1،625،852 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު9.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،482،061 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 123،926 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 260،224 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ 16 އިންސައްތައެވެ.
ޗައިނާގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތައް:
- ރަޝިއާ: 197،340 ފަތުރުވެރިން
- އިނގިރޭސިވިލާތް: 144،116 ފަތުރުވެރިން
- ޖަރުމަނުވިލާތް:113،511 ފަތުރުވެރިން
- އިޓަލީ: 122،079 ފަތުރުވެރިން
- އިންޑިއާ:93،853 ފަތުރުވެރިން