ADVERTISEMENT

556023486_1222603569895644_7845951854373189612_n

ނައިފަރު ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ޅ. ނައިފަރު ބަނދަރު ތަރައްގީކުރަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން 26،960 ކިއުބް މީޓަރުގެ ސަރަހަށްދެއްގެ ނެރު ފުންކުރުމާއި، 340 މީޓަރުގެ ސަރަހަށްދެއްގައި އެއްގަމުތޮށި ލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1،390 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 360 ދުވަސްތެރޭ ނިންމާގޮތަށް 47.50 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

5787 މީހުންގެ އާބާދީއެއް އޮންނަ ނައިފަރަކީ މަސްވެރި ރަށެކެވެ. އެރަށުގެ ބަދަރު ކުޑަވުމުން މުދާ އަރުވައި ބޭލުމަށް އަދި އަރާފޭބުމަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT