ADVERTISEMENT

4FA47606-6BB7-49D8-A75D-1ED4F0658A79

ސައީދު ހަތަރު އަހަރަށް ޖަލަށްލައިފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށް ލައިފިއެވެ.

ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއްކޮށްފައި މިވަނީ، ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލާގައެވެ. މި މައްސަލާގައި ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ.

މިއީ ޖިނާއީ އިޖުރާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މިފަދަ ކުށްތަކުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާފައި މިވަނީ، އޭނަ ފެނައިގެ އެމްޑީ ކަމުގައި ހުރިއިރު 2.2 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނަތްތެރިވެފައިވާކަން ހާމަވ އޮޑިޓް ރިޕޯޓެއް ނެރެފައިވާާ ދަނޑިވަޅެއްގައެވެ.

ރިޕޯޓްގައިވާގޮތުން، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމަށް ފެނަކައިން ޖުމްލަ 8.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރޭގައި، ކުންފުނީގެ އާންމު އޮޕަރޭޝަންތަަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމަށް ކުރި ހަރަދުގެ އިތުރަށް، އެވަގުތަށް މުހިންމު ނޫން ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި ޒިންމާދާރުކަމެއްނެތި އާންމު ބީލަމުގެ އުސޫލުތަކުގެ ބޭރުން އަގު ބޮޑުކޮށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންވާނެގެން ކުންފުނީގެ ފައިސާ ހޭދަކުރަމުން ގޮސްފައިވާކަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT