ADVERTISEMENT

334690_0091c323-a_

ނޮވެމްބަރުން ފެށިގެން ތިން ދާއިރާއެއްގެ މުސާރަ ބޮޑުކުރަނީ

އަންނަ ނޮވެމްބަރު މަހުން ފެށިގެން ތިން ދާއިރާއެއްގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރ 1 އިން ފެށިގެން ބޮޑުވާނެކަމަށެވެ.

“މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށް ވާނީ ދަންނަވާފައި. އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ.” ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މިދައުރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ކޮމެންޓް ސެކްޝަން

ADVERTISEMENT