ADVERTISEMENT

5ea81235-4b44-41bb-8876-c24ce7e66dc6-768x528

ފްލެޓް ލިސްޓަށް ބަދަލެއް ނުގެންނަން، މިހާރު އޮތީ ފައިނަލް ލިސްޓު: މުއްތަލިބް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ލިސްޓަށް ބަދަލު ގެނެސްފައި ނުވާނެކަމަށް ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މުއްތަލިބް މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑުވެފައިވާކަމަށްބުނެ ނޫހެއްގައި ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

މުއްތަލިބް ވިދާޅުވީ، 15 ނޮވެންބަރު 2023 ގައި އިއުލާންކުރި ފްލެޓް ލިސްޓަކީ ފައިނަލް ލިސްޓްކަމަށެވެ. އަދި އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރި އިއުލާނުގައިވާ ގޮތަށްކަމަށެވެ.

މުއްތަލިބް ވިދާޅުވީ، ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީން ކުރެވޭ ފަރާތްތައް އެކަނިކަމަށެވެ.

“ގެޒެޓުގައިވާ ލިސްޓާއި އިއުލާނާ ހިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ. ލިސްޓަކަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ.” މުއްތަލިބް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ 2023 ނޮވެމްބަރު 15ގައި ނެރެފައިވާ ލިސްޓުގައި ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

އެގޮތުން، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް 3000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT