ADVERTISEMENT

552866064_1189886306509938_7232790854208413109_n

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށައިފި

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކުރެވިފައިވާ އަތޮޅުތަކުގެ ތެރޭގައި ކ. އަތޮޅު، ފ. އަތޮޅު، ވ. އަތޮޅު އަދި ގއ. އަތޮޅު ހިމެނެއެވެ.

ފުލުހުން ބުނީ، މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ހިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި މި ހިދުމަތް ތައާރަފުވުމާއެކު މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތުން މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ވެގެން ދާނެ ކަމަަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ. މިއަމާޒު ހާސިލްކުރުމަށް، މިހާތަނަށް ފުލުހުންގެ ހިދުމަތް ގާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެހިދުމަތް ފެއްޓުމުގެ އިތުރުން ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ އަމަލީ މަސައްކަތްތައްވެސް ދަނީ ފަށަމުންނެވެ.

މިމަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ މާލެ ސަރަހައްދު ނުލާ މިހާތަނަށް ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ މިއީ، ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ހިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ފުލުހުންގެ ހިދުމަތް  ގާއިމުވެފައި ނެތް ހުރިހާ ރަށެއްގައި މިއަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުންކަމަށެވެ. އަދި އިމާރާތްކުރަމުންދާ ޕޮލިސް ސްޓޭޝަންތައް މި ދައުރުގެ ތެރޭގައި ނިންމުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT