ތ. ވިލުފުށީގައި އިމާރާތްކުރާ 37 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.
ވިލުފުށީ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.
މި މަޝްރޫއުގެ ދަށުން، 7،147 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކަކާއި، 2،563 އަކަފޫޓުގެ ސާވިސް ސެންޓަރަކާއި 76،175 އަކަފޫޓުގެ ހެލެތް ސެންޓަރ ބްލޮކެއް ހިމެނޭހެން 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރާނެއެވެ. އަދި ބިންގަނޑު ކޮނެ، ލެވެލްކުރުމާއި، ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ތަށިމުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރާނެއެވެ.
މިއީ 540 ދުވަސްތެރޭ ނިންމާގޮތަށް، 105.13 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.