ADVERTISEMENT

G1jsN_2XkAAAz_P

ވިލުފުށީ އުމަރު ފާރޫގް މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކޮށްފި

ތ. ވިލުފުށީ އުމަރު ފާރޫގް މިސްކިތް، އިސްލާމީ މަރުކަޒެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް މިގޮތަށް ކަނޑައަޅުއްވާ އެކަން އިއުލާން ކުރެއްވީ ރޭ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ބޭއްވި ޖަލްސާގައެވެ. މި ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރައްވާނެކަމަށް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސް ނިންމެވި ނިންމެވުމެެވެ.

މި މިސްކިތުގައި ގުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ދަނީ ހިންގަމުންނެވެ. އަދި ޤްރުއާން ހިފްޒުކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދެއެވެ.

ވިލުފުށީ މަސްޖިދު އުމަރު ފާރޫގް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT