ADVERTISEMENT

big_vcnN0gSOksDfyexHVtL5raEcD

ތިލަފުށީގައި ގާއިމްކުރި ޑީޕޯ އެމްޕީއެލްގެ އޮޕަރޭޝަންސްތަކުގައި ބޭނުންކުރަން ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ތިލަފުށީގައި ގާއިމްކުރި “އެމްޕްޓީ ކޮންޓޭނަރ ޑީޕޯ” އެކުންފުނީގެ އޮޕަރޭޝަންސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

ޖުމްލަ 2400 ޓީއީޔޫގެ މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސްއަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީއަކީ 2400 ޓީއީޔޫސް އެވެ.

ތިލަފުށީގައި ގާއިމްކުރި “އެމްޕްޓީ ކޮންޓޭނަރ ޑީޕޯ”ގައި 60 މީޓަރު ކި ވޯލެއް ތަރައްގީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެނެވެ.

އެ މަސައްކަތަށްފަހު، އެޑީޕޯގައި އޮޕަރޭޝަންސްގައި ބޭނުންކުރެވޭ ފެންވަރަށް ގެންދިއުމަށް އެމްޕީއެލްގެ ޓީމުތަކުންވެސް ގިނަ މަސައްކަތްތަކެއްކޮށްފައި ވެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT