ADVERTISEMENT

549921151_1216577973831537_7607630683345134933_n

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތެއް އަޅަން ހަވާލުކޮށްފި

މ. ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތެއް އަޅަން ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

ދިއްގަރުގައި ހޮސްޕިޓަލް އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެެވެ.

މިމަޝްރޫއުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން، 37 އެނދު ގެ އިމާރާތެއް އިމާރާތްކުރާނެއެވެ.

މި މަޝްރޫއުއަކީ 105.13 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT