އޮޑިޓަރ ޖެނެރަލް އޮފީހުގެ ހަ ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިަށްދާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތަކީ، 17426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77718.10 އަކަފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްގީ ކުރާ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އެމްޓީސީސީން ބުނީ، މި މަޝްރޫއުގައި މިހާރު ކުރިޔަށްދަނީ ރޭމްޕް ވޯލް ރީއިންފޯސްމަންޓްގެ މަސައްކަތާއި، ރޫފް ކޮލަމްސްގެ މަސައްކަތްކަމަަށެވެ.
https://x.com/MTCCPlc/status/1966794429714587672
އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.
730 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ މިމަޝްރޫއަކީ 138.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.