ADVERTISEMENT

548815738_1183012687197300_1527629446504072242_n

ދުޅަހެޔޮ އާބާދީއެއް އޮތުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު: މިނިސްޓަރު

ގައުމުގެ މުޅި އާބާދީ، ދުޅަހެޔޮ އާބާދީއަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، ބަަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރަންޖެހޭ އަދި ވަރަށް ގިނަކަންކަމާ ގުޅި ލާމެހިފައިވާކަމެއްކަމަށެވެ. މިކަން ކަށަވަރު ކުރުމަކީ ގޮންޖެހުންތައްވެސް ވަރަށް ބޮޑުކަމެއްކަމުގައި މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތް ދިނުމުގެ ފެންވަރު މަތިކޮށް، ޚިދުމަތްތައް ފުޅާ ކުރުމަކީ ދެމެހެއްޓެނުވި ގޮތެއްގައި އަބަދުވެސް ކުރަމުން ގެންދަންޖެހޭނެކަމެއްކަމަށެވެ. އަދި، އެދާއިރާގެ ސިޔާސަތުތައް ރަނގަޅު މަގުގައި ބައްޓަންކޮށް، އެކަމަށް ރަނގަޅަށް އިންވެސްޓް ކުރެވެމުންދާކަން ކަށަވަރު ކުރުންމަކީވެސް ވަރަށް މުހިންމުކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

“ދިވެހި ރައިއްޔަތުންނަށް އަޅުގަނޑު މިއަދުވެސް ކަށަވަރުކޮށްދޭން ބޭނުން ވަނީ މިއަދުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ކަމެއް ދެނީ ސިއްހީ ހިދުމަތް ދިނުން ފުޅާކުރުމާ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް. އަދި މާ މުހިއްމު ކަމެއްގެ ގޮތުގައި މި ގައުމުގެ އާބާދީ އަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މި އެޑްމިނިސްޓްރޭޝަން ގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން.” ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

ބަލިވީމަ ބޭސް ކުރުމާ، ބަލިތަކުން ދުރެވެ ތިބުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އެޅި ނަމަވެސް، މަސައްކަތް ނުކުރެވޭ ނިޒާމަކުން ކުރާނެ ފައިދާއެއް ނޯންނާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ގެންދަނީ އެކަމުގައި ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް އަޅާލަންޖެހޭ ދާއިރާތައް ފާހަގަކޮށް، އެކަންކަން ރަނގޅުކުރުމަށް އިންވެސްޓްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT