ADVERTISEMENT

l_2025_09_16_094143_g3ijkt4nvlyqr1fm9zup7exah5scbd2ow68_EN_

މެހެމާނުންގެ ގޮތުގައި މަޖިލީހަށް ހާޒިރުވާ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތައް މުރާޖާކުރަނީ

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެހެމާނުން އަމަލުކުރާނެ އުސޫލުތައް މުރާޖާކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމަށް ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާ ނިންމަވާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.

މީޑިއާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްދިޔައިރު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުވި ބައެއް ފަރާތްތަކުން ވަނީ ބިލާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިހުތިޖާޖް ކޮށްފައެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ނާޒިމް ވިދާޅުވީ، ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށްދިޔައިރު ކޮމިޓީ އަޑުއެހުމަށް ފުރުސަތު ދިން ފަރާތްތަކުން މަޖިލީހުގެ
ކޮމިޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށާއ،ި މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އިޖުތިމާއީ އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން މަޖިލީހުގެ ސަރޖެންޓް އެޓް އަރމްސް ތައްޔާރުކޮށްފައިވާ ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވަން ގަސްތުކުރަން. އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށާއ،ި މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައަޅައި އެ ކަންކަމަށް އެ ހާޒިރުވާ ފަރާތްތަކުން ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރުމަށް ދެވޭ އިރުޝާދެއް” ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދިޔައިރު މަޖިލީހުގެ ދެ މެންބަރެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި މަޖިލީހުގެ ކޮމިޓީ ރޫމުގައި ބޭނުންކުރަމުންދިޔަ ސައުންޑު ސިސްޓަމްގެ ބައިތަކަށް ގެއްލުން ލިބިފައިވާތީ، އެމައްސަލަ މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ފޮނުވަންވެސް މަޖިލީހުގެ ރިޔާސަތުން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރިނަމަވެސް، މިހާރު ވަނީ މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT