ADVERTISEMENT

420078_2d52f6a2-8_

ޖޭއެސްސީގެ މެންބަރުކަމަށް މުޖްތާޒް އައްޔަންކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މއ. ސިގްމާ، އަލްއުސްތާޒް މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މުޖްތާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. މުޖްތާޒަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޒް މުޙައްމަދު ސަލީމެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން މުޖްތާޒާ ޙަވާލުކޮށްދެއްވާފައެވެ.

މުޖްތާޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT