ADVERTISEMENT

-

ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ، ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީގެ ޕޯޓަލްއިން މިއަދު ފަށާފައިވާކަމަށެވެ. އެގޮތުން އެފްޑީސީގެ ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ތަޅުދަނޑި ހަވާލުކުރުމަށް ތައާވަލްކުރަމުންދާނެކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ ހަވާލުކުރަނީ އަމާން އުދަރެސް މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެތެރެއިން 14ވަނަ ޓަވަރުގެ ޔުނިޓްތަކުގެ ތަޅުދަނޑިތަކެވެ.

މިހާތަނަށް 3000 އަށްވުރެ ގިނަ މީހުންނާއެކު، ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާރު ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތު އެ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

ހައުސިން ޔުނިޓްތައް ހަވާލުކުރާއިރު އެ ޓަވަރެއްގެ ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް ފުރިހަމަކުރެވިފައި ހުންނާނެ ކަމުގެ ޔަގީންކަން އެފްޑީސީން ވަނީ ދީފައެވެ. ފުރަތަމަ ފްލެޓް ހަވާލުކުރާނީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންގެތެރެއިން އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް ކަމަށް އެފްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT