ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، މިދަތުރުފުޅަކީ މިމަހުގެ 16 އިން 20 އަށް ޕާކިސްތާނުގެ އިސްލާމްއާބާދަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.