މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.
އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އެންމެ ފުރަތަމަ ކުރިޔަށްގެންދިޔައީ ކޭކް ފެޅުމުގެ ހަފްލާއެކެވެ.
މި ހަފްލާގައި އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން، އާއި މެނޭޖްމަންޓްގެ ބޭފުޅުން އަދި މުވައްޒަފުން ބައިވެރިވިއެވެ.
ކޭކް ފެޅުމުގެ ހަފްލާއަށްފަހު، އެމް.ޕީ.އެލްއިން ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް، ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޕޯޓުގެ މަސައްކަތްތެރިންނާއި، ލޯރީ ޑްރައިވަރުން އަދި ކްލިއަރިންގ ގުރޫޕްގެ ވެރިން ބައިވެރިވިއެވެ.
އެމްޕީއެލްއިން މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ރަސްމީކޮށް ފެށީ 15 ސެޕްޓެމްބަރ 1986 ގަ އެވެ. އެންމެ ފުރަތަމަ ޚިދުމަތް ފެށީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައެވެ. އެމްޕީއޭ ކުންފުންޏަކަށް ބަދަލުކޮށް، އެމްޕީއެލްގެ ނަމުގައި ހިދުމަތް ދޭން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ.