ADVERTISEMENT

G1WYp49XoAARcdJ

ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށައިފި

ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފލުހުން ވަނީ އެދިފައެވެ.

މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 16ވަނަ ދުވަހު އެކަނިވެސް 200 އަށްވުރެ ގިނަ އުޅަނދު ފުލުހުން ނަގާފައިވެއެވެ.

މާލޭ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްތަކަށް ބޭނުންނުކޮށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އެ ދުވަހު ކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 208 އުޅަނދެއް ޓޯކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، 168 ދެފުރޮޅުލީ އުޅަނދާއި، 40 ހަތަރުފޮރޮޅުލީ އުޅަނދެވެ.

މީގެ އިތުރުން ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު ސައިކަލް ޕާކްކުރުމަށްޓަކައި ފެރީ ޓާމިނަލް ކައިރީގައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން މިފަހުންވެސް އެދުނެވެ.

ޕާކުކުރުން މަނާ ސަރަޙައްދުތަކުގައިވެސް އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ފުލުހުން ބުނެއެވެ.

އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT