ADVERTISEMENT

big_YO102gcxrpqD3FzhV2vJtNBlk

މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާވެސް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާވެސް ބާއްވަން ތައާވަލްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ތައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް މި މަހުގެ 16 ވާ އަންގާރަ ދުވަހު ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.

މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރެެވެ.

ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަން ތައާވަލްކޮށްފައިވާއިރު، މިއަދުވެސް ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވާފައެވެ. މިއަދުގެ ޖަލްސާގައި ވަނީ، ރައްޔިތުންގެ އާންމު ވޯޓުނެގުމާ ގުޅޭ ބިލު ފާސްކޮށްފައެވެ. އަދ އެޗްއާރުސީއެމްގެ ނައިބު ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވެވި ބޭފުޅުންނަށް މިއަދުގެ ޖަލްސާގައި ވަނީ ރުހުން ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި،  ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT