ADVERTISEMENT

-

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖޭ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަން ހުރަސްކޮށްފިއެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,520,699 ފަތުރުވެރިން އައިސްފައިކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައީ 1،386،554 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާއި އަޅައި ބަލާއިރު، 9.7 ޕަސެންޓުގެ އިތުރުވުމެއްކަން ފާހަނގަކޮށްލަންޖެހެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހު އެވްރެެޖުކޮށް 6،000 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަދިވެސް އައިސްފައިވަނީ ޗައިނާއިންނެވެ. ދެ ވަނައަށް ރަޝިއާއިން އައި އިރު ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. ރާއްޖެއަށް އައި ފަތުރުވެރިންގެ 67 ޕަސަންޓު އައީ ރިސޯޓުތަކަށެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ގެސްޓްހައުސްތަކަށެވެ. އެއީ 24 ޕަސެންޓެވެ. ސަފާރީތަކަށް 5 ޕަސަންޓު ފަތުރުވެރިން އައި އިރު، ހޮޓެލް ތަކަށް އަދީ އެންމެ 4 ޕަސަންޓު ފަތުރުވެރިންނެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި ދެ މިލިއަން ފަތުރުވެރިން އައި ފުރަތަމަ އަހަރެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ކޮމެންޓް ސެކްޝަން

ADVERTISEMENT