އިތުރު ފަސް އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ
ބޭސްލައިން ސާވޭ މި މަހާއި އަންނަ މަހު ކުރިއަށް ގެންދާނެ ކަމަށާއި ފެރީގެ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ހަދަންޖެހޭ ސާވޭ މި މަހު ފެށުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ. އަލަށް އާރްޓީއެލް ހިދުމަތް ފަށަން ނިންމާފައިވާ އަތޮޅުތަކުގެ ތެރޭގައި މ. ފ. ދ. ތ. ގެ އިތުރުން ލ. އަތޮޅު
ހިމެނެއެވެ. މިހާރު ރާއްޖޭގެ 10 އަތޮޅުގައި އާރްޓީއެލް ހިދުމަތްދެ އެވެ
ސާވޭ ފެށުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައި ސާވޭއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. އަތޮޅުތެރޭގެ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެނައި ފެރީގެ މި ހިދުމަތް ފެށީ 2022 ވަނަ އަހަރުގައިކަން ފާހަނގަ ކޮށްލަން ޖެހެއެވެ