ފަންސާސް ހަތް ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް ބްރޯންޒް މެޑެލް ހާސިލުކުރި ގައުމީ ބޯޑީބިލްޑިން ޓީމު ރާއްޖެ އަތުވެއްޖެއެވެ
މި ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނެވެ
މިމުބާރާތުގައި ވާދަކޮށް ރާއްޖެއަށް ބްރޯންޒް މެޑެލް ގެނެސްދީފައިވަނީ ގައުމީ ބޯޑީބިލްޑިން ޓީމާއި ދާދިފަހުން ގުޅުނު މަނާފް ވަހީދެވެ
އޮގަސްޓް މަހުގެ 18 އިން 25 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ މިމުބާރާތުން މަނާފަށް ލޯ މެޑެލް ލިބިފައިވަނީ ފިރިހެނުންގެ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރު ބައިގައި ވާދަކޮށްގެންނެވެ
ތައިލެންޑުގެ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ރާއްޖެއިން ހަތަރު އެތުލީޓުން ވާދަކުރިއެވެ. އެއީ މަނާފްގެ އިތުރުން އަލީ މަބްރޫކް ލަތީފާއި، އިސްމާޢީލް ޝުޢާއު ޢަބްދުﷲ އަދި އަޙްމަދު ނަޢީމްއެވެ
ފަންސާސް ހަތް ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އިން މަނާފް ލޯ މެޑެލް ހާސިލުކޮށްފަވަނީ 18 އެތުލީޓުންނާ ވާދަކޮށެވެ